ހުޅުމާލޭ ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަނި ފަހިކޮށްދިންނަމަވެސް، ސަރުކާރުން މިހާރު ވަނީ މާލޭގެ އިތުރު ހޮސްޕިޓަލަކާއި އަތޮޅުތަކުގައިވެސް އެ ފުރުޞަތު ދެވޭނެ ހޮސްޕިޓަލް ކަނޑައަޅާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ހުޅުވާލާފަވަނީ 15 ފުރުޞަތެވެ. ހުޅުމާލެ ހޮސްޕިޓަލްގެ އިންޓަރން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގްރެޖުއޭޓުން، ޖޫން 29އިން ފެށިގެން، ޖުލައި 8ގެ 12:00އާއި ހަމައަށް އެކަމަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.
ބައިވެރިންގެ ޝަރުތުތަކާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފައެވެ.

