އުރީދޫން އިންތިޒާމު ކޮށްގެން 3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ބޭއްވި "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" ކާމިޔާބުކަމާއެކު، ފޯރީގައި މިއަދު ހަވީރު ނިންމާލައިފިއެވެ.
ފަން ރަން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. މި ދުވުން ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް ދުވުން އިތުރަށް ފަޅުފިލައިގެން ގޮސްފައިވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫން ބުނީ ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބޭއްވި އެ ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެއް ކަމަށެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރާއި އުރީދޫގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެން ބޭއްވި މި ދުވުމަށް އައްޑޫން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އައްޑޫގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އެ ދުވުމަށް ވަރަށް ބޮޑަށް ސަޕޯޓުކޮށް، އެ މީހުންގެ ބައިވެރިވުން އޮތް ކަން ހާމަކުރިއެވެ.

އުރީދޫ އިން ވަނީ ކާމިޔާބުކަމާއެކީ ފަން ރަން އައްޑޫ ސިޓީގައި ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލާއި، އުރީދޫގެ މުވައްޒަފުން އަދި ވޮލަންޓިއަރުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.
ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެއްގެ ގޮތުގައި އުރީދޫއިން ފާހަގަކުރެއެވެ.

