މި އަހަރުގެ މެއި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ޖުމްލަ 33 މައްސަލައެއް ހުށަހަޅައިފިއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 17 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
ހަމައެހެންމެ، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއް ވެސް ހިމެނެއެވެ. އަދި، ޖިންސީ ހާނިކަކުރުމުގެ 01 މައްސަލައާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 01 މައްސަލައާއި، މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 01 މައްސަލައިގެ އިތުރުން، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއި ގުޅޭ 01 މައްސަލަ ވަނީ މިއަހަރު މެއި މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ.
އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 06 މައްސަލައެކެވެ.

