“ވިޒާޑްސް ބިޔޯންޑް ވެވާލީ ޕްލޭސް” ގެ ސީޒަން 2 އިން އަނެއްކާވެސް ސެލީނާ ގޯމޭޒް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއީ އޭނާ މި ޝޯގެ ގެސްޓް ރޯލުން ފެންނާނެ ދެވަނަ ފަހަރެވެ. ޝޯގެ ފުރަތަމަ ސީޒަންގައި ދެ އެޕިސޯޑުން އޭނާ ފެނިގެން ގޮސްފައިވާއިރު، އެނާ މަޝްހޫރުވެފައިވަނީ އެލެކްސް ރޫސޯގެ ރޯލުންނެވެ.
މި ސީރީޒްގެ ބަތަލަކީ މަޝްހޫރު ތަރި ޑޭވިޑް ހެންރީ އެވެ.
މި ޚަބަރާއެކު ސެލީނާގެ އިންސްޓަގްރާމް ސްޓޯރީގައި ދަނޑިއެއްގެ ފޮޓޯ އާއެކު “ޖަސްޓް ފީލްސް ރައިޓް” ލިޔެފައިވާ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ.
އެގެ ފަހުން އޭނާ ވަނީ ކޯ ސްޓާ ޑޭވިޑް ހެންރީއާ އެކު ބިހައިންޑް ދަ ސީންސް ސްނެޕެއް ހިއްސާކޮށްފައެވެ.
“ވިޒާޑްސް ބިޔޯންޑް ވެވާލީ ޕްލޭސް” ޑިޒްނީ ޗެނަލާ އާއި ޑިޒްނީ ޕްލަސް އިން ދައްކަން ފެށީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

