މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ދުވާފަރުން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރ. ދުވާފަރުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މި ހިނގާ ޖޫން މަހުގެ 26 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، ހުރަސްތާ، ޢަބްދުﷲ ޢަލީ (33އ)އެވެ.
އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

