ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓީމޫއިން އެކަނި ވެސް ތަކެތި ގަންނަން މަހަކު 7 މިލިއަން ޑޮލަރު ދިވެހިން ހަރަދުކުރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފިއެވެ.
ބޭރު ގައުމުތަކުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭ ކަމަށާއި، އޭގެ ތެރެއިން 75 ޕަސެންޓް ފައިސާ ހޭދަކުރަނީ އޮންލައިން އީ-ކޮމާސް ޕްލެޓްފޯމުތަކަށް ކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ޑެބިޓް ކާޑު ލިމިޓް އިތުރުކޮށް، އައު ފީއެއް ތައާރަފުކުރުން؛ ދިވެހިން ރުހޭ ކަމަކަށް ނުވިކަން ސޯޝަލްމީޑިއާއިން ފެންނަ ފާޑުކިޔުންތައް ބުނެދޭ
ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރުމަށް ނިންމައިފައެވެ. އަދި ހަމައެއާއެކު، ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. މިކަމަކީ ދިވެހިން ކިތަންމެ ނުރުހޭ ކަމަކަށް ވިޔަސް މިނިންމުމެއް ދެނެއް ބަދަލުވާނެހެނެއް ހިއެއްނުވެއޭ ބުނާމީހުން ގިނައެވެ.
ފީ ނެގުމަށް ނިންމާފައިވާ ސައިޓްތަކުގެ ތެރޭގައި:
- ޓީމޫ
- ޝީއިން
- އަލިބާބާ
- އަލި އެކްސްޕްރެސް
- ލަޒާޑާ
- އީބޭ
ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި މި ފީ ނަގާނީ ހަމައެކަނި ރުފިޔާ އެކައުންޓްތަކުން ކުރާ ވިޔަފާރިތަކަށެވެ.
"މި ބަދަލު ގެނެސްފައިވަނީ މުޖުތަމައުގެ ވީހާ ވެސް ގިނަ ބަޔެއްގެ ފައިދާއާއި ހަމަހަމަކަމަށް އިސްކަން ދިނުމަށް،" ބީއެމްއެލްއިން މިކަން ހާމަކުރިއެވެ.

