މިހާރުގެ ދުނިޔޭގައި ގިނަ ބައެއްގެ ސަމާލުކަން ދެވިފައިވަނީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަރުދަން ބެލެހެއްޓުމަށެވެ. މިގޮތުން، އޮރެންޖު، ލުނބޯ، އިނގުރު އަދި ރީނދޫ ކިއުބްސް، ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަކޮށް، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ޚާއްޞަ “ބޭހެކެވެ”. އަދި މިއީ ކަމާބެހޭ ސިއްހީ މާހިރުން ޔަގީންކަން ދީފައިވާ، އެއްޗެކެވެ.
ބޭނުންވާ ތަކެތި – މި ފައިދާހުރި ކިއުބްސް ތައްޔާރުވކުރުމަށް ބޭނުންވަނީ:
- 1 އޮރެންޖު
- 2 ލުނބޯ
- 85-100 ގްރާމްގެ އިނގުރު
- 1 ސަމުސާ ރީނދޫ
- 1/2 ސަމުސާ ފޮނިތޮށި
- 1/3 ސަމުސާ އަސޭމިރުސް
- 2 މޭޒު ސަމުސާ މާމުއި
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ލުނބޯ އާއި އޮރެންޖުގެ ތޮށި މަށައި، މެދުމިނަކަށް ކޮށަންވާނެއެވެ.
އޭގެފަހުން އިނގުރު، ރީނދޫ، ފޮނިތޮށި އަދި އަސޭމިރުސް ބްލެންޑަރަށް އަޅާށެވެ.
ދެން މާމުއި އަޅައި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. މިހުރިހާ އެއްޗެއް ރަނގަޅަށް މިކްސްވުމުން، އައިސްކިއުބް ތައްޔާރުކުރާ ތަށްޓަށް އަޅައި ގަނޑުކުރާ ބަޔަށް ލާފައި ބަހައްޓާށެވެ. ގިނަވެގެން ފަސް ވަރަކަށް ދުވަސްވަންދެން ރަނގަޅަށް ހުންނާނެއެވެ.
ހަށިގަނޑަށް ލިބޭ ފައިދާތައް —މި ކިއުބްސްގައި ހިމެނޭ ކޮންމެ މާއްދާއަކީވެސް ހަށިގަނޑަށް ޚާއްޞަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ:
އޮރެންޖު އަދި ލުނބޯ: ވިޓަމިން ސީ އިން މުއްސަނދި މި ދެ މޭވާއިން ހަޖަމުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ހަށިގަނޑުން ވިހަ ތަކެތި ބޭރުކުރުމަށް އެހީތެރިވެދެއެވެ.
އިނގުރު: މެޓަބޮލިޒަމް އަވަސްކޮށް، ކެއުމުގެ ވަރުގަދަކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް، ބަނޑުފުޅާވުން ކުޑަކުރެއެވެ.
ރީނދޫ: ކަރކިއުމިން މާއްދާ އެކުލެވިގެންވާ ރީނދޫއިން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.
ބޭނުންކުރާނެ ގޮތް – މި ކިއުބްސް އެންމެ ފައިދާހުރި ގޮތުގައި ބޭނުން ކުރެވޭނީ:
- ދުވާލަކު ދެފަހަރު – ހެނދުނު ހުސްބަނޑުގައި އަދި ރޭގަނޑު ނިދުމުގެ ކުރިން
- ތަށްޓަކަށް ކިއުބެއް ލުމަށްފަހު އެއަށް ހޫނު ފެން އަޅާށެވެ.
- ސްމޫތީ އެއް ގޮތަށް ޖޫސްތަށްޓެއް ހަދައިގެން އެއަށް ކިއުބެއް އަޅައިގެން ވިރުނީމަ، ގިރައިގެން ބޯލާށެވެ. އިތުރުކޮށްގެން
ސަމާލުވާންވީ ކަންކަން
- މި ކިއުބްސް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުން މުހިންމެވެ.
- އެއްވެސް ބައްޔެއް ހުރި ނުވަތަ ބޭސް ބޭނުންކުރާ ފަރާތްތަކުން، ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
- އިނގުރާއި ރީނދޫ ގިނައިން ބޭނުންކުރުމުން ބަނޑުހައްޔަރުވުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ.
މި ގުދުރަތީ ކިއުބްސްއަކީ ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަކޮށް، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ، ތައްޔާރުކުރަން ފަސޭހަ އަދި ބޭނުންކުރަން ފަސޭހަ ރަނގަޅު އުފެއްދުމެކެވެ. ނަމަވެސް މިއީ ހަށިގަނޑު ދުޅަހެޔޮކަމާއެކު ބެލެހެއްޓުމަށް އެޅޭ ކުޑަ ފިޔަވަޅެއް ކަމުގައި ދެކި، އެހެނިހެން ރަނގަޅު އާދަތައް ދޫކޮށްނުލުން މުހިންމެވެ.

