ގަވާއިދާ ހިލާފަށް ޕާކުކުރުމުން 400 އަށްވުރެ ގިނަ އުޅަނދު މާލޭގެ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގުން ޓޯކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 12 އިން ފެށިގެން އިއްޔެއާއި ހަމައަށް ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބުތައް ފުލުހުން އާންމުކޮށްފައިވާއިރު، އެންމެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދު ޓޯކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުންނެވެ. އެގޮތުން:
މަޖީދީ މަގުން:
- 216 ސައިކަލު
- 2 ކާރު
- ތަކުރާރުކޮށް ޕާކު ކުރި 1 ސައިކަލު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުން:
- 164 ސައިކަލު
- 38 ކާރު
- ތަކުރާރުކޮށް ޕާކު ކުރި 1 ސައިކަލު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
ގަވާއިދާއި ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރުމަކީ ފުލުހުން ގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަވާނެގޮތަށް މަގުތަށް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ.

