އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުން ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް އޭގެ ކުރީގައި ހުރެގެން ދުއްވަމުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީސް މިޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގެ ފަހަތުން ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް، އޭގެ ކުރީގައި ހުރި އެހެން ސައިކަލެއްގައި ޖެހޭ މަންޒަރެވެ. އަދި ކުރީގައި ހުރެގެން ދުއްވާފައިދިޔަ ސައިކަލުގައި އިން މީހާ ވެއްޓޭ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ. މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ދެމީހުންނަށްވެސް އަނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫގައި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ހެނދުނު 9:48 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

