ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ސަރުކާރުން އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވައިފިއެވެ.
އެ ފަރާތްތަކާ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ، “ދިވެހިރާއްޖެ-ސިންގަޕޯރ ބިޒްނަސް ފޯރަމް 2025” ގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަދާކުރެއްވި ދައުރާއި އިޤްތިޞާދީ ގުޅުން ބަދަހިކޮށް ވުނޭރުކަން ފުޅާކުރުމަށް އަދާކުރެއްވި ދައުރުގެ އަގުވަޒަންކުރައްވައި، ދެ ޤައުމަށް ނިސްބަތްވެވަޑައިގަންނަވާ 17 ބޭފުޅުންނާއި 20 ކުންފުންޏަކަށް، މި ރަސްމިއްޔާތުގައި ޝަރަފު އަރުވާފައިވެއެވެ.
މިއަދު ހަނދާނީ ފިލާ ލިބިވަޑައިގަތް ބޭފުޅުންނަކީ:
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު
- ނިޝާން ކަލާފާނުގެ ޝަރަފުގެ ވެރިޔާ، އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު)
- އަލްމަރްޙޫމް ޑ. އަޙްމަދު ދީދީ
- އަލްމަރްޙޫމް މުޙައްމަދު އާދަމް މަނިކު (ސަރަނގު މުޙައްމަދު ކަލޭފާނު)
- މުޙަންމަދު ވަޙީދުއްދީން
- ޙަސަން ޒާހިރު
- އިސްމާޢީލް ޙިލްމީ
- އަލްމަރްޙޫމް ދިއްދޫ އިބްރާހީމް ކަލޭފާނު
- އަލްމަރްޙޫމް އާދަމް ޝުކުރީ
- އަލްމަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މުޙައްމަދު ޔޫސުފް)
- މުޙައްމަދު ޞާލިޙް
- ޢަލީ އަޙްމަދު (މިނާގޭ ކުޑަ ތުއްތު)
- މައްލާ އަޙްމަދު ނާޞިރު
- މުޙައްމަދު ޝަހުދީ އަންވަރު
- މުޙައްމަދު ޢަލީ ޖަނާހް
- ޝުޢައިބް މުޙައްމަދު ޝާހް
- ކެނެތް ޕެރޭރާ
ހަނދާނީ ފިލާ ލިބިވަޑައިގަތް ޖަމުޢިއްޔާ ޖަމާޢަތްތަކަކީ:
- ސިންގަޕޯރ އެއާލައިންސް
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)
- ސިންގަޕޯރ އެއާޕޯޓް ޓަރމިނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އެސް.އޭ.ޓީ.އެސް)
- ޕޮންޓިއެކް ލޭންޑް ގްރޫޕް
- ޖޯންސް ލޭންގ ލަސެލް (ޖޭ.އެލް.އެލް)
- ބޮންވެސްޓްސް ހޯލްޑިންގްސް ލިމިޓެޑް
- ސީ.ޑީ.އެލް ހޮސްޕިޓަލިޓީ ޓްރަސްޓް
- ވިލާ ގްރޫޕް
- ޗަންޕާ ބްރަދަރސް ޕްރައިވެޓް ލިމިޓެޑް
- ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް
- ކިއޮންގ ހޮންގ ހޯލްޑިންގްސް ލިމިޓެޑް
- ކްރެސެންޑަސް ގްރޫޕް
- ބަންޔަން ޓްރީ ހޯލްޑިންގްސް ލިމިޓެ
- އެސް.ސީ ކެޕިޓަލް
- ޗިޕް އެންގ ސެންގ
- ޑީ.ބީ.އެސް ބޭންކް
- ޔޫ.އޯ.ބީ
- އޯ.ސީ.ބީ.ސީ
- ޔުނިވަރސަލް ގްރޫޕް
- ޝިއު ޓެންގ ގްރޫޕް

