ތ. ވިލުފުށީ ފަޅުތެރޭގައި އޮއްވައި އިއްޔެ އަނދައި ހުލިވި ދެ ދޯނީގެ ވެރި ފަރާތަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އަލިފާން ރޯވީ ތެޔޮ އުފުލަން ބޭނުންކުރާ ދެ ދޯނީގައި ކަމަށާއި، އެ ހާދިސާގައި ވަނީ، ދެ ދޯނީގެ ވެރިފަރާތާއި އޭނާގެ ދަށުން މަސައްކަތް ކުރާ ބިދޭސީ މީހަކު ފިހިފައި ކަމަށް ވިލުފުށީ ކައުންސިލުންވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
އެ މީހުންނަށް ފަރުވާ ފުރަތަމަ ދިނީ، ވިލުފުށީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސް، ދޯނީގެ ވެރިފަރާތް މިހާރު “އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް” އައިޖީއެމްޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ދޯނީގެ ވެރިފަރާތް އިއްޔެ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާއިރު، ބިދޭސީ މީހާ މާ ބޮޑަށް ފިހިފައިނުވެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 09:41ގަައި ކަމަށެވެ. އެމްއެންޑީއެފުން ރޯވެފައިވާ ދޯނީގެ ފޮޓޯ ހިއްސާކޮށްފައިވާއިރު، އެ ދޯނި ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ މަންޒަރު ފެނެއެވެ.

