އަތާއި ފައިން މާބޮޑަށް ދާހިއްލުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މި މައްސަލައަށް މެޑިކަލް ބަހުން ކިޔަނީ ހައިޕަރހައިޑްރޯސިސް އެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން ބެލެހެއްޓުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ދާހިއްލުން އިތުރުވުމުގެ މައްސަލައެކެވެ. މި މައްސަލަ ދިމާވާ ސަބަބުތަކާއި އަދި މި މައްސަލައަށް ހައްލު ހޯދޭނެ ގޮތްތައް މި ލިޔުމުގައި ބަލައިލާނަމެވެ.
އަތާއި ފައިން މާބޮޑަށް ދާހިއްލުމުގެ މައްސަލަ ދިމާވާ ސަބަބުތައް
އަތާއި ފައިން މާބޮޑަށް ދާހިއްލުމުގެ މައްސަލަ ދިމާވަނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ޕްރައިމަރީ ހައިޕަރހައިޑްރޯސިސް އަދި ސެކަންޑަރީ ހައިޕަރހައިޑްރޯސިސް އެވެ. ޕްރައިމަރީ ހައިޕަރހައިޑްރޯސިސްގެ ސަބަބު ސީދާ ގޮތެއްގައި ނޭނގުނު ނަމަވެސް، މިއީ ނާރުތަކުގެ މައްސަލައެއްގެ ސަބަބުން ދާހިއްލާ ގުނަވަންތައް މާބޮޑަށް މަސައްކަތްކުރުމުގެ ސަބަބުން ދިމާވާކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.
ގޭގައި ކުރެވިދާނެ ފަރުވާތައް- މި މައްސަލައަށް ގޭގައި ތިބެގެން ކުރެވިދާނެ ފަރުވާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:
- ބޭކިން ސޯޑާ: ތާފަނާ ފެނާއެކު ބޭކިން ސޯޑާ އެއްކޮށްލުމަށްފަހު 20-30 މިނެޓަށް އަތް ނުވަތަ ފައި އެތެރެއަށް ލައިގެން ބޭނުންކުރުން
- ފިނިފެން ނޫނީ ފިނޮ ގޭގައިވެ ފިނިފެންމަލުގެ ފިޔަތައް ފެނުގައި ކެއްކުމަށްފަހު ފެނާއި ފިޔަތައް ވަކިކޮށްލައި، އެ ފެން ބޭނުން ކުރާށެވެ. ފައިތިލައިގައި ނުވަތަ އަތްތިލައިގައި އެ ފެން ހާކާށެވެ. އަތާއި ފައިގެ ހަންގަނޑަށް ފިނިކަން ގެނެސްދޭނެ
- ލުނބޯ އަދި އޮރެންޖުގެ ތޮށިތައް ހިއްކުމަށްފަހު އެތޮށިތައް މިކްސްޗަރުން ހިމުންކޮށްފައި ފުރާނާލައިގެން އޭގެ ފުށް ނަގާށެވެ. އަދި މި ފުށް އަތާއި ފައިގައި ހާކާށެވެ.
- އެޕަލް ސައިޑާ ވިނެގާ އަތާއި ފައިގައި ހޭކުމަށްފަހު ހިކުނީމަ، ފެނުން ދޮވެލާށެވެ.
- މިނޫންވެސް ގޭގައި ދެވިދާނެ އެހެން ފަރުވާތައް ހުރެއެވެ.

އަތާއި ފައިން މާބޮޑަށް ދާހިއްލުމަކީ ފަރުވާ ހޯދިދާނެ މައްސަލައެއް—- ފޮޓޯ: އޮންލީމައިހެލްތު
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް: މި މައްސަލައަށް ހައްލު ހޯދުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެންނަން ޖެހެއެވެ. މީގެ ތެރޭގައި ވައި ދައުރުވާ ފަދަ ހެދުން ލުން، ފައިތިލަ ހިއްކައި ސާފުކޮށް ބެހެއްޓުން، އަދި އެންޓި-ޕަރސްޕިރަންޓް ބޭނުންކުރުން ހިމެނެއެވެ.
އަމިއްލައަށް ކުރާ ފަރުވާތަކުން ނަތީޖާ ނުފެނިއްޖެނަމަ، ނުވަތަ މައްސަލަ 6 މަސްދުވަހަށްވުރެ ދިގުލައިފިނަމަ، ނުވަތަ ދުވާލަކު އެއްފަހަރަށްވުރެ ގިނައިން މި މައްސަލަ ދިމާވާނަމަ ޑޮކްޓަރަށް ދެއްކުން މުހިންމެވެ. ޑޮކްޓަރުންނަށް މި މައްސަލައަށް އިތުރު ފަރުވާތައް ދެވިދާނެއެވެ.
އަތާއި ފައިން މާބޮޑަށް ދާހިއްލުމަކީ ފަރުވާ ހޯދިދާނެ މައްސަލައެކެވެ. ގޭގައި ކުރެވޭ ފަރުވާތަކުން ނަތީޖާ ނުފެނިއްޖެނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މި މައްސަލައަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިކުރުވާ މައްސަލައަކަށް ވާތީ، ވީހާވެސް އަވަހަކަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

