މާލެ ސިޓީ، ހަނދުވަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު ކަރަންޓު ކެންޑިދާނެ ކަމަށް “ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް” ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ބުނީ އެ ސަރަހައްދުތަކުން ކަރަންޓް ދަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަތްކަތެއް ކުރަންޖެހޭތީ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 14:00 އާއި 16:00 އަށް ކަރަންޓްދާނީ ހަނދުވަރީ ހިނގުން ހިމެނޭ ސަރަހައްދުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

