މާލޭ ސިޓީ ގެއެއްގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމަށް މިއަދު ހެނދުނު 06:00 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެއީ ބަންގަލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުން ބުނީ، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުން ގެންދާކަމަށެވެ. ބޭރުފުށުން އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

