ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޖަމްއިއްޔާތަކާއިއެކު ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ހެލްތު މިނިސްޓްރީގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސިއްޙީ ދާއިރާއާއި ގުޅުން ހުރި މަސައްކަތްތައްކުރާ 7 ޖަމްއިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާތީވެ، އެކަމާމެދު އޮތް ކަންބޮޑުވުންތައް ފާޅުކޮށް، އެބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

