އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް އޮސްޓްރޭލިއާއަށް އެތެރެވުން މަނާކޮށްފިއެވެ.
ކަންޔޭ ވެސްޓް އޮސްޓްރޭލިއާއަށް އެތެރެވުން މަނާކުރީ ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރ އަށް ތައުރީފުކުރާ ލަވައެއް ނެރުމާއި ގުޅިގެންނެވެ.
އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރ ޓޯނީ ބާކް ބުނީ މެއި މަހުގެ ކުރީކޮޅު “ހެއިލް ހިޓްލަރ” ލަވަ ރިލީޒްކުރުމާ ގުޅިގެން ކާންޔޭގެ ވިސާ އޮސްޓްރޭލިއާއިން ބާތިލްކޮށްފައިވާ ކަމަށެވެ. އެގޮތުން، ބާކް ބުނެފައިވާގޮތުގައި ސެމިޓިޒަމްއާ ދެކޮޅު ހެދުމަކީ އިންސާފުވެރި ކަމެއް ކަމަށް މީހަކު ބުނާނަމަ އެމީހަކަށް މި ގައުމަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ލަވަ ގިނަ ޕްލެޓްފޯމްތަކުގައި ދެއްކުން މަނާކޮށްފައިވީ ނަމަވެސް، މި ލަވަ ރިލީޒްކުރިތާ އެއް ދުވަސް ތެރޭގައި ލަވައަށް އެތައް މިލިއަން ވިއުސްއެއް ވަނީ ލިބިފައެވެ.
މެއި މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރި ހެއިލް ހިޓްލަރގެ މިއުޒިކް ވީޑިއޯގައި ޖަނަވާރުގެ ހަންއަޅައިގެން ބަޔަކު ލަވައިގެ ޓައިޓަލް ކިޔަމުން އަންނަ މަންޒަރު ދައްކާއިރު، ސްޕޮޓިފައި، އެޕަލް މިއުޒިކް އަދި ޔޫޓިއުބް ފަދަ މެއިން ސްޓްރީމިން ހިދުމަތްތަކުގައި މި ވީޑިއޯ ދެއްކުން ވަނީ މަނާކޮށްފައެވެ.

