މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެެވެ.
މި މައްސަލައިފައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ސ. ފޭދޫ، ސުވާސާގެ އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދުއެވެ.
ރަހީނުކޮށްފައި ހުރި 44 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ފުލުހުން ސަލާމަތްކޮށްފައިވާއިރު، ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ސައީދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ރަހީނުކޮށްފައި ހުރި މީހާ އަށް އަނިޔާ ކޮށްފައި ހުރުމުން، ފުލުހުން އޭނާއަށް ފަރުވާ ދޭން އައިޖީއެމްއެޗްއަށް ވެސް ގެންދިޔައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަގުގީގު ކުރަމުންނެވެ.

