ދިވެހި ރާއްޖެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ޕްލޭޓް ޑިވިޝަންގެ ދެވަނަ ހޯދައިފިއެވެ.
ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު، ސައުތު ކޮރެއާގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ބަލިވީ ޕާކިސްތާނު އަތުންނެވެ. ޕާކިސްތާނުން އެ މެޗު ކާމިޔާބުކުރީ 49-39 އިންނެވެ.
ޕާކިސްތާނުން ވަނީ ލީގު ބުރުގައި ވެސް ރާއްޖޭގެ މައްޗަށް ކުރިހޯދައިފަ އެވެ. ޕާކިސްތާނުން އެ މެޗު ކާމިޔާބުކުރީ 49-39 އިންނެވެ.
ރާއްޖެއިން ވަނީ ލީގު ބުރުގައި ޗައިނީސް ޓައިޕޭ، ކޮރެއާ، ޖަޕާން އަދި ސައުދީ އަރަބިއާ އަތުން ވެސް މޮޅުވެފައެވެ.

