މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތް ހޯދާ މީހުންނަށް ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ކުރުމަށްޓަކައި ހޮޓްލައިނެއް ތައާރަފްކޮށްފިއެވެ.
އެމްބީއެސް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ހޮޓްލައިނެއް ތައާރަފްކޮށްފައިވާ ކަމަށާއި މި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ހޮޓްލައިން ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެ ކަމަށާއި، އަދި މި ނަންބަަރަށް ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެމްބީއެސް އިން ވަނީ ވިދާޅުވެފައެވެ.
އެމްބީއެސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށެވެ.
ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ އެންމެނަށް ހަމަހަމަ އަދި ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ތެލެސީމިއާ ސެންޓަރ ވަނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފައެވެ.

