ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ފަށައިފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ރ އަތޮޅު ޒޯނުގެ މެޗުތައް ފެށިގެން ކުރިޔަށްދާއިރު، ރ އަތޮޅު ޒޯނުގެ މުބާރާތް ނިމުމަށްފަހު ޖުލައިމަހުގެ ފަހު ކޮޅު މާލޭ ޒޯނުގެ މުބާރާތް ފަށާނެ ކަމަށް ވީއޭއެމް އިން ވަނީ ބުނެފައެވެ. ހަމައެއާއެކު، މާލެ ޒޯނު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ރިސޯޓުތަކަށް ހުޅުވާލާފައިވާކަމަށް ވީއޭއެމް އިން ބުނެފައިވެއެވެ.
ރ އަތޮޅު ޒޯން 6 ގެ މުބާރާތުގެ މެޗުތަށް ކުރިޔަށްދާނީ މިމަހުގެ 3 އިން 8 އަކަށް ޖޯލި މޯލްޑިވްސްގައެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒް އާއި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް އާއި އެސޯސިއޭޝަނުގެ ބައެއް އިސްވެރިންނާއި ޖޯލި މޯލްޑިވްސްގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި މުބާާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

