ހއ. ދިއްދޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅަކާއެކު 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރު-ނާކޮޓިކްސް އިންޓެލިޖެންސް، އަޕާ ނޯތް ޑްރަގް އޮޕަރޭޝަން އަދި ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ޖުލައި 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ލިލީމާގެ، އިރުފާޙު ޝަފީޤު (25 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު ކުރަމުންނެވެ.

