2025 ވަނަ އަހަރުގެ ޖުލައި މަހުގެ 06 ވަނަ ދުވަހުން ޖުލައި 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.
މިގޮތުން 06 ޖުލައި ވާ އާދިއްތަ ދުވަހުގެ 10:00 އިން 11:00 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އިސްރަށްވެހިންނަށް ޚާއްސަ ހޭންޑީ ކްރާފްޓް ކްލާހެއް އެދުވަހުގެ 16:15 އިން 18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.
07 ޖުލައި ވާ ހޯމަ ދުވަހުގެ 10:00 އިން 11:00 އަށް ވެސް ނާދީގައި ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. އަދި 16:15 އިން 18:00 އަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ސްކޭމް ކޯލް ތަކުން ރައްކާތެރިވުމާ ބެހޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
08 ޖުލައި ވާ އަންގާރަ ދުވަހުގެ 10:00 އިން 11:00 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ.
އެއަށްފަހު، ހަފްތާގެ ބުދަ ދުވަހު 10:00 އިން 11:00 އަށް ޤުރުއާން ކްލާސް، އަދި 16:15 އިން 17:15 އަށް ލުއި ކަސްރަތު ކުލާހެއް ކުރިއަށްދާނެއެވެ. އަދި 17:15 އިން 18:00 އަށް ހަފްތާ ސައި ކުރިއަށް އޮންނާނެއެވެ.
މީގެ އިތުރުން، 10 ޖުލައި ވާ ބުދަ ދުވަހުގެ 10:00 އިން 11:00 އަށް ވެސް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. އަދި 16:15 އިން 18:00 އަށް އިސްރަށްވެހިންނަށް ހާއްސަ އާރޓް ކުލާސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހުކުރު ދުވަހުގެ ހެނދުނު 06:00 އިން 08:30 އަށް މޫދު ކަސްރަތު ކުލާހެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ.

