ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މާމެންދޫ އިން ގަމަށް އަރާ ބެންޑުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ދެ އަންހެނަކަށް ލިބުނު އަނިޔާތަކާ ގުޅިގެން އެ ދެ މީހުންގެ ހާލަތު ސީރިއަސް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ދެ އަންހެނުންގެ ތެރެއިން އެކަކުގެ އޮޕަރޭޝަން ކުރިއަށްދާއިރުދި އަނެއް އަންހެން މީހާއަށްވެސް ދަނީ އަވަސް ފަރުވާ ދެމުންނެވެ.
އެހެންނަމަވެސް، އަނިޔާވި ދެ އަންހެނުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

