ލޮލަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު އަދި މުހިންމު އެއް ގުނަވަނެވެ. ނަމަވެސް ބައެއް ފަހަރު ލޮލުގައި އެއްވެސް ކުނޑިކޮޅެއް ނެތި، ކަހާ ހިރުވައި ރިއްސުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ގެންގުޅެންވީ ރަނގަޅު އާދަތަކާއި، ކުރަންވީ ކަންތައްތަކާ ބެހޭގޮތުން މިއަދުގެ ފަތިސްތަރީގައި އަލިއަޅުވާލާނަމެވެ.
ލޮލަށް ދިމާވާ މައްސަލައިގެ މައިގަނޑު ސަބަބުތައް: ލޮލަށް އެއްވެސް އެއްޗެއް އެޅިފައި ނެތަސ ކަހާ ހިރުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ ސަބަބުތަކުގެ ތެރޭގައި އެލަރޖީ، ލޮލުގެ ރަވައިގައި ޖަރާސީމު އަށަގަތުން އަދި ލޮލުގެ ތެތްކަން މަދުވުން ހިމެނެއެވެ. މީގެ އިތުރުން ވައިގެ ތެރޭގައި އުޅޭ ކުދިކުދި މާއްދާތަކަށް ލޯ އެލަރޖިކްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ލޮލަށް ދިމާވާ މައްސަލައިގެ އާންމު އަލާމާތްތައް: މިފަދަ ހާލަތްތަކުގައި ލޮލުގެ ނާރުތައް ފުޅި، ލޯ ރަތްވެ، ލޮލުން ފެން އައުން އިތުރުވެއެވެ. އަދި ލޮލުގައި އެއްޗެއް ޖެހިފައިވާކަމުގެ އިހުސާސް ކުރެވި، ކަހާ ހިރުވުން އިތުރުވެއެވެ. މިފަދަ ހާލަތްތަކުގައި ލޯ އުނގުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
ގޭގައި ކުރެވިދާނެ ފަރުވާތައް: ލޮލަށް ދިމާވާ މިފަދަ މައްސަލަތަކަށް ގޭގައި ތިބެގެން ކުރެވިދާނެ ފަރުވާތައް ހުރެއެވެ. އޭގެ ތެރޭގައި:
- ފިނި ފެނުން ތެންމާލެވިފައިވާ ސާފު ފޮތިކޮޅެއް ލޯމަތީގައި ބޭއްވުން
- ލޯ މަރާލައިގެން ވަގުތުކޮޅެއް ހޭދަކުރުން
- ލޮލަށް ޚާއްޞަ ޑްރޮޕްސް ބޭނުންކުރުން
- ކުޑަކުޑަ ލޮނުކޮޅެއް އަޅާފައި ހުރި ފެނުން ލޯ ދޮވެލުން
- ތާޒާ ކިއުކަންބާ ފޮއްޗެއް ލޯމަތީގައި ބޭއްވުން
- ސައިފަތް ޕެކެޓެއް ހޫނު ފެނުން ފޯކޮށް، ކުޑަހޫނުކަމަކާއެކު ލޯމަތީގައި ބޭއްވުން
ޑޮކްޓަރަށް ދައްކަންވީ ހާލަތްތައް؛ ބައެއް ހާލަތްތަކުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް:
- ގޭގައި ކުރާ ފަރުވާއިން ދެތިން ދުވަހަށްވުރެ ގިނަ ދުވަސްވާއިރުވެސް ރަނގަޅުނުވުން
- ލޮލުން ފެން އައުން ނުވަތަ ވަރަށް ބޮޑަށް ރިއްސުން
- ލޮލަށް ފެންނަ ފެނުމަށް ބަދަލެއް އައުން
- ކޮންޓެކްޓް ލެންސް ބޭނުންކުރާނަމަ އޭގެ ސަބަބުން ދިމާވާ މައްސަލަތަކަށް އަލުން ފަރުވާދިނުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން
ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް: ލޮލަށް ދިމާވާ މިފަދަ މައްސަލަތަކުން ސަލާމަތްވުމަށް އަޅަންވީ ފިޔަވަޅުތަކުގެ ތެރޭގައި އަތް ރަނގަޅަށް ދޮވުން، އަތުން ލޯ ނުއުނގުޅުން، އަދި ލޮލަށް ގެއްލުން ލިބިދާނެ ތަކެތި ބޭނުންކުރުމުގައި ފަރުވާތެރިވުން ހިމެނެއެވެ. އަދި ލޮލަށް އުނދަގޫވާކަން އެނގޭ ތަކެތި ދުރުހެލިވުމަކީވެސް މުހިންމު ކަމެކެވެ.
ލޮލަކީ ވަރަށް ނާޒުކު ގުނަވަނަކަށްވާތީ، އެއަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ، ވަގުތުން އެކަށީގެންވާ ފަރުވާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

