މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މޮރޮކޯ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަނުން އިއްޔެ ކޮށްފައިވާ ގެޒެޓުގައި ބުނީ މޮރޮކޯ ސްކޮލަޝިޕަށް ހުޅުވާލީ ހަތް ބެޗްލަސް ޑިގްރީ، އަށް މާސްޓާސް ޑިގްރީ އަދި ފަސް ޕީއެޗްޑީގެ ކޯސްތަކެއް ކަމަށެވެ.
ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި ބެޗްލަސް ޑިގްރީގެ ޝަރުތަކީ ޖީސީއީ އޯލެވެލް، އައިޖީސީއެސްސީ، އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރުމާއި ޖީސީއީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމެވެ. ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއި 2024 ވަނަ އަހަރު އޭ ލެވެލް އިމްތިހާން ނިންމުމުގެ އިތުރުން އުމުރުން 19 އަހަރުފުރި 23 އަހަރު ވެފައިނުވުމެވެ.
އަދި މާސްޓާސް ޑިގްރީ ޝަރުތަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަސް ޑިގްރީ ހާސިލްކޮށްފައިވުމެވެ. އަދި ޕީއެޗްޑީ ޝަރުތަކީ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމެވެ.
މި ސްކޮލަޝިޕަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް ނޮމިނޭޓް ކުރެވިގެންދާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕް ދެއްވާ ފާރާތުންނެވެ.
ސަރުތު ހަމަވާ ބޭފުޅުން އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

