ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ކުލާހެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
އެގޮތުން އިއްޔެ ނާދީގައި ކުރިއަށް ގެންދިޔަ ކުލާހުގައި ވަނީ އިސްރަށްވެހިންގެ 30 ފަރާތަކުން ބައިވެރިވެފައެވެ.
ހުޅުމާލެ ނާދީގައި ކުރިއަށް ގެންދާ މި ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ ދުވަހެއްގެ ހަވީރު 16:15 އިން 18:00 އަށެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
މި ކްލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރ 3027587 އަށް ގުޅައިގެން ބައިވެރި ވެވޭނެއެވެ.

