“ސިވިލް ސާވިސް ކޮމިޝަން” ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރު ކަމުގެ ދައުރު ފުރިހަމަވާތީއެވެ.
ރައީސް އޮފީހުން މި ފުރުސަތު ހުޅުވާލާފައިވާއިރު، މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައެވެ.
ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
އެއީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

