ރާއްޖޭގެ ކައުންސިލްތަކަށް ޚާއްސަކޮށްގެން ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ ސެމިނާއެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
“ސެމިނާ ފޯރ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް” ގެ ނަމުގައި ކައުންސިލްތަކަށް ޚާއްޞަ މި ސެމިނާގައި ރާއްޖޭގެ 15 ކައުންސިލަކުންނާއި، އެލްޖީއޭގެ ހަތަރު މުވައްޒަފަކާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އެއް މުވައްޒަފަކު ބައިވެރިވާނެއެވެ. ޖުމުލް 20 ބައިވެރިން މި ސެމިނާގައި ބައިވެރިވާނެއެވެ.
މި ސެމިނާ ކުރިޔަށްދާނީ މި މަހުގެ 8 އިން 28 އަށެވެ.
މި ސެމިނާގެ މަޤްޞަދަކީ ޕަބްލިކް ސަރވިސް އަދި ލޯކަލް ގަވަރނަންސްގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާއި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
ޗައިނާގެ ޤައުމީ ޙާލަތާއި މޮޑަނައިޒޭޝަންއާ ބެހޭ މަޢުލޫމާތާއި، ޗައިނާގެ ސިޔާސީ ނިޒާމާއި ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމާއި،އީ-ގަވަރމަންޓް މެދުވެރިކޮށް އިދާރީ މަސައްކަތުގެ މޮޑަނައިޒޭޝަން އިތުރުކުރުމާއި، އިދާރީ އިސްވެރިންގެ ލީޑަރޝިޕް ތަރައްޤީކުރާނެ ގޮތްތާއި، އަދި ޗައިނާގެ ލީޑަރުންގެ ވެރިކަމުގެ ފަލްސަފާއަށްވެސް މި ސެމިނާގައި ބަލާލާނެއެވެ.

