މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފުލުހުން ވަނީ މާލެ ގެނެވިފައެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވެނީ ކިތައް ފުލުހުންގެ މައްޗަށްކަމެއް އަދި އެ ފުލުހުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.
މައްސަލައާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ފުލުހުންގެ މައްޗަށް ތުހުމަތުކުރެވެނީ ކޮއްތު ފައިސާ އެ މީހުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރުމުގެ މައްސަލައެއްގައެވެ.
“މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށް،” ފުލުހުން ވަނީ މިކަން މީޑިއާއަށް ޔަގީންކޮށްދީފައެވެ

