ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްވާ ސަބަބު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
232 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 650 ދުވަހުގެ ތެރޭ އެންމެހާ މަސައްކަތްތައް ނިންމާލާ ގޮތަށެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާ ވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ލަސްވާތީ ސުވާލުވެސް ކުރައްވާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމުގެ ސަބަބުން ލިބޭ ގެއްލުން ކަމަށެވެ. އަދި އޭބީސީ ފަށަލަ އަޅައި މާ ގިނަ ދުވަސްވަންދެން މިހެން ބަހައްޓައިފިކަމުގައި ވާ ނަމަ ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ، މުދަލާއި ވަސީލަތްތައް އިސްރާފުވުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދާނެ ކަމަށެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

