"އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަން" އައިއައިއޯއޭ ގެ 31 ވަނަ ކޮންފަރެންސް ވިލާ ކޮލެޖުގައި ފަށައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާ އަދި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސް ގައި ދުނިޔޭގެ 38 ގައުމެއް ތަމްސީލްކުރާ 196 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 88 ޔުނިވާސިޓީއެއްގެ ދަރިވަރުން ހިމެނެއެވެ.
އިގްތިސާދީ ދިރާސާގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މި ކޮންފަރެންސްގެ ތެރޭގައި ‘އިންޕުޓް-އައުޓްޕުޓް އެނަލިސިސް’އާ ގުޅުން ހުރި އެކި މައުޟޫތަކަށް 150 އަށް ވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހަޅާނެއެވެ.
ޖުމްލަ 115 ބައިވެރިންނާ އެކު ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ތަނަވަސްކޮށްދީ، ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ މަގުފަހިކޮށްދިނުމެވެ.

