އައްޑޫ ސިޓީ ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ބަޔަކު ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުނއ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ހުޅުމީދޫގައި ބަޔަކު ހިންގި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ ކުރީގެ ފުލުހަކަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި މާރާމާރީގައި އަނިޔާވި މީހާއަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި އޭނާއަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކުރިކަން އަދި ސާފުވެފައި ނުވިނަމަވެސް، މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

