ލ. ކުނަހަންދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ކުރެދިރަހާ ނުވަތަ ބޮޑޮހުރާ ވަގުތީ ގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކައުންސިލުން އިޢުލާނު ކޮށްފިއެވެ.
ކައުންސިލުން ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވާއިރު، ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން “ރަޖިސްޓްރޭޝަން ފޯމް” ފުރިހަމަކޮށް ކުނަހަންދޫ ކައުންސިލްގެ އީމެއިލް procurement@kunahandhoo.gov.mv އަށް މެއިލް ކުރުމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
މި މަސައްކަތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ސުވާލު ފޮނުވިދާނެއެވެ. އަދި 9995970 ނަންބަރަށް ގުޅައިގެން ނުވަތަ ކައުންސިލަށް ވަޑައިގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ޝައުގުވެރިވާ ފަރާތްރަކުން އަގު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 20 ވާ އާދީއްތަދުވަހުގެ 14:00 އެވެ. އަދި ސުންގަޑީގެ ފަހުންނާއި ރަޖިސްޓަރީނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ވެސް ކައުންސިލުންގެ އިއުލާނުގައި ވަނީ ބުނެފައެވެ.

