ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަޖެހުމެވެ. އެތައް ރެއަކާއި ދުވާލެއްގެ ޤުރުބާނިއަށްފަހު، ދަރިފުޅުގެ ފުރަތަމަ ރުއިމުގެ އަޑާއެކު މައިމީހާގެ ހިތާއި ސިކުނޑިން ނުވަމަސްދުވަހުގެ ތަދާއި ވިހެއުމުގައި އެޅި ވޭން ފިލައިދަނީ އެސްފިޔަޖަހާލާވަރަށްވުރެ އަވަހަށެވެ. ދަރިފުޅު އުރާލުމާއެކު މައެއްގެ މުޅި ދުނިޔެ އުފާވެރިކަމުން ފުރިދެއެވެ. ހަމައެގޮތަށް މީރުވަސްދުވާ ތުއްތު ފުރާނަ އުރާލާ ހިނދު ބައްޕައަކަށްޓަކައި މުޅި ދުނިޔެ ހާސިލުވެ ކާމިޔާބުވިކަމުގެ އިހުސާސް ކުރެވެއެވެ. ލޯތްބާއި އުއްމީދުތަކަކާއެކު ދަރިފުޅު އެއްވެސް ވޭނެއްގައި އުޅޭތަން ދެކޭކަށް މައިންބަފައިންގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. އައިމިނަތު ނަތާޝާއާއި އާދަމް އިހުސާން މިއަދު ތަހައްމަލު ކުރަމުން އެދަނީ ހިތަށް ކުޅަދާނަ ނުވާފަދަ ވޭނެކެވެ. އެދެމީހުންގެ ލޯބީގެ ގުލްޝަނުގައި ފޮޅުނު ރީތި މަލެއްފަދަ އަންހެންދަރިފުޅު މިއަދު ތަހައްމަލު ކުރަމުންއެދާ ވޭނުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް އެމީހުން ކުރާނެއެވެ.
ނަތާޝާއާއި އިހުސާންގެ 9 އަހަރުގެ ދަރިފުޅު، ފާތިމަތު ސާރާ އިހުސާނަކީ އެކްޒީމާގެ ވޭން ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. ނަތާޝާ ހުވަދޫމީޑިއާއަށް ކިޔައިދިން ގޮތުގައި ދަރިފުޅުގެ ގައިން މިމައްސަލަ ފުރަތަމަފާހަގަ ކުރެވުނީ ވަރަށް ތުއްތުއިރުގައެވެ. އެކްޒީމާކަން އެނގުނީ 1 އަހަރުވީފަހުންނެވެ.

ސާރާ؛ މުޅި ގައިގެ އެކިތަންތަން ހަލާކުވެފައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ބަލިވަމުންދާ ކުޑަކުޑަ ސާރާގެ ފަރުވާއަށް ދީލަތި އެހީއަށް އެދި
"އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ އެކްޒިމާކަމެއް. މޫނުގައި ތަންކޮޅެއް ރޭޝްވެފައި ހުރީ،"
ނަތާޝާ ބުނިގޮތުގައި ދަރިފުޅު ސާރާގެ ހުންއައިސް މޫނުމަތީ ތަންކޮޅެއް ރޭޝް ވެފައި ހުރުމުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެހެންނަމަވެސް އޭރު ޑޮކްޓަރުން ބުނީ އެއީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އެގޮތަށް ކުޑަކުދިންނަށް ދިމާވުމަކީ އާންމުކަމެއް ކަމަށާއި އެކަން ރަނގަޅުވެދާނެ ކަމަށެވެ. 1 އަހަރުވިތަނާ ސާރާގެ ގައިގެ އެކިއެކި ތަންތަން ހަލާކުވާން ފެށިކަމަށް ނަތާޝާ ބުންޏެވެ. އެފަހަރު ޑޮކްޓަރަށް ދެއްކުމުން އެނގުނީ ދަރިފުޅަށް އެކްޒީމާ ޖެހިފައިވާ ކަމެވެ. ސަބަބަކީ އޭގެ ކުރިން އެކްޒީމާ ކަމެއް އެނގިފައިނުވާތީއެވެ. އޭގެ ކުރިން ޑޮކްޓަރަށް ދެއްކުމުން، ބުނެފައި ވަނީ އެއީ ހަމުގެ މައްސަލައެއް ކަމަށެވެ.. އެދުވަހުން ފެށިގެން ދަރިފުޅާ ދޭތެރޭ ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ، ދަރިފުޅުގެ ފަރުވާ އަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ދެކިގެން ނަތާޝާގެ ދެމަފިރިން ހިތްވަރާއެކު މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ފަރުވާތެރިކަމާއެކު ކަންތައް ކުރަމުން ދިޔުމާއެކުވެސް ދަރިފުޅު، ސާރާގެ ހާލު ދިޔައީ ގޯސްވަމުންނެވެ.
މިހާރު އުމުރުން 9 އަހަރުވީއރު ދަރިފުޅުގެ ގައިގެ އެކި ތަންތަން ނުހަނު ބޮޑަށް ހަލާކުވެފައިވާ ވާހަކަ ނަތާޝާ ބުނީ ހިތަށް އަސަރު ކުރާފަދަ އަޑަކުންނެވެ. ކޮންމެ މަންމައަކުވެސް ދަރިއެއްގެ އެފަދަ ހާލަތެއްގެ ވާހަކަ ކިޔައިދޭނީ ހިތުގައި ހިފަހައްޓައިގެން އިނދެއެވެ. ދަރިފުޅުގެ ގައިގައި އަޅާ ވޭން ލޮލަށް ފެނި އެކަމަށް އެދެވޭ ހައްލެއް ހޯދައިނުދެވި ހުންނަން ޖެހުމަކީ ވަރަށް ބޮޑު ވޭނެކެވެ.
ނަތާޝާ ބުނި ގޮތުގައި އެކި ގޮތްގޮތުން އެހީ ހޯދައިގެން އަމިއްލަ ގޮތުން ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ދަރިފުުޅު ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ދަރިފުޅުގެ ހާލު ވަރަށް ގޯސް ކަމަށާއި ސުކޫލަށް ފޮނުވޭ ވަރަށްވުރެވެސް ދަރިފުޅުގެ ހާލު ދެރަވެފައިވާ ކަމަށް ނަތާޝާ ބުންޏެވެ.
"މިހާރު ދަރިފުޅުގެ ވަރަށް ހާލު ގޯސް. ޕްރައިވެޓް ޕާޓްވެސް އެގޮތަށް ހަލާކުވާން ފަށާފައި ހުރީ، މުޅި މޫނާއި އަނގަމަތީގައިވެސް،" ސާރާގެ މޫނުމަތީގައާއި ތުންފަތްކައިރީގައި ފައިގެ ކުޑަކަޅުވާ މަތިންވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފެންނަން ހުރި ތަންތަނާއި އާންމުންނަށް ނުދެއްކޭފަދަ ތަންތަނުގައިވެސް ހަންގަނޑު ވަަރަށްބޮޑަށް ހަލާކުވެފައި ހުރި ކަމަށް ނަތާޝާ ވަނީ ކިޔައިދީފައެވެ.

ސާރާ؛ މުޅި ގައިގެ އެކިތަންތަން ހަލާކުވެފައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ބަލިވަމުންދާ ކުޑަކުޑަ ސާރާގެ ފަރުވާއަށް ދީލަތި އެހީއަށް އެދި

ސާރާ؛ މުޅި ގައިގެ އެކިތަންތަން ހަލާކުވެފައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ބަލިވަމުންދާ ކުޑަކުޑަ ސާރާގެ ފަރުވާއަށް ދީލަތި އެހީއަށް އެދި

ސާރާ؛ މުޅި ގައިގެ އެކިތަންތަން ހަލާކުވެފައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ބަލިވަމުންދާ ކުޑަކުޑަ ސާރާގެ ފަރުވާއަށް ދީލަތި އެހީއަށް އެދި
"އަމިއްލަ ނަފުސަށް ވަރަށް އިތުބާރު ހުރި ހިތްވަރުގަދަ ކުއްޖެއް ސާރާއަކީ، އެކަމަކު މިހާރު ސާރާގެ އެ އިތުބާރު ގެއްލެނީ، ކުރިން ވަރަށް ޕޮޒިޓިވް ބަސްތައް ބުނެ އުޅުނު ސާރާ މިހާރު ދައްކަނީ މުޅިންވެސް ނެގެޓިވް ވާހަކަ، އެހެންކުދިންނާ އެކުލަވައިގެން ވަރަށް ކަންކަން އަމިއްލައަށް ކުރަން ބޭނުންވެގެން އުޅުނު ކުއްޖެއް ސާރާއަކީ، އެކަމަކު މިހާރު އަބަދުމެ މާޔޫސްވެފައި ހުންނަނީ. ރޭގަނޑުވެސް ހޭލެވިގެން ބަލާލާއިރު ލޯގަނޑުކުރިމަތީ ހުރެދާނެ، ދެން ވަރަށް ދެރަވެފައި ބުނާނީ، ﷲތައާލާ މިންވަރު ކުރެއްވި ގޮތަކަށޭ ކަންކަން ވާނީ،"
ސާރާ އަކީ ބަސްއަހާ ދަރިފުޅެކެވެ. ކިޔެވުމުގައިވެސް ހުޝިޔާރު ތޫނުފިލި ދަރިވަރެކެވެ. އެހެންނަމަވެސް މިއަދު ސާރާ ސުކޫލަށް ފޮނުވޭކަށް ނެތެވެ. ކުއްޖާގެ އިނގިލިތައްވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމާއި ގައިގެ އެކިތަންތަން ހަލާކުވެފައި ހުރުމުން ގިނައިރު ދަރިފުޅު ނުފެންނަ ހިސާބަށް ފޮނުވުމުގެ "ރިސްކް" ނަގަން ބޭނުން ނުވާތީ އަމިއްލަ ޒަމީރާ ދެކޮޅަށްވެސް ދަރިފުޅު ގޭގައި ބަހައްޓަން ނަތާޝައަށް މަޖުބޫރުވީއެވެ. ކުއްޖާގެ ޖިސްމާނީ ވޭނަށް ނަފުސާނީ ތަދު އިތުރުވަމުންދާތީ، ނަތާޝާ އޭނާގެ ދަރިފުޅު ގެންގުޅެނީ ވަރަށްވެސް ސަމާލުކަންދީގެންނެވެ.
އެކްޒީމާ ފަދަ ބަލިތަކަށް ދޭ ގައިގައި އުނގުޅާ ބައެއް ކަހަލަ ބޭސްތަކަކީ އާސަންދައިގެ ދަށަށް ދާ ބޭސްތަކެއް ނޫނެވެ. އެހެންކަމުން އެފަދަ ބޭސްތައްވެސް ޖެހެނީ ގަންނާށެވެ. ދަރިފުޅުގެ ހާލަތު އެހާ ގޯސްވާތީ ޑޮކްޓަރުންގެ އިރުޝާދާއެކު ރާއްޖެއިން ނުހެދޭ ބައެއް ޓެސްޓްތައްވެސް ހުރުމާއެކު، މިހާރު ރާއްޖެއިންބޭރަށް ދިއުމަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އާސަންދަ ކަވަރ ކުރާނީ ހަމައެކަނި ޓިކެޓާއި ބޭސްފަރުވާގެ ޚަރަދުތަކެވެ. ނަތާޝާ އާއި އޭނާގެ ފިރިމީހާއަކީވެސް ވަޒީފާއަދާ ކޮށްގެން ލިބޭ އެއްޗަކުން ހަރަދުތައް ބަލަހައްޓަމުން އާއިލާ ގޮވައިގެން ކުރިއަށް ދަތުރުކުރަމުންދާ ދެމަފިރިންނެވެ.
ދަރިފުޅު ގޮވައިގެން އިންޑިއާ އަށް ގޮސް ހޮސްޕިޓަލުގެ ހަރަދުތައް ހަމަޖެހުނީމަ އަދި ނިމޭކަށް ނޯންނާނެތާއެވެ. ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ހަރަދުތަކަށް ހަރަދު ކުރަން ޖެހެނީ އަމިއްލަ ޖީބުންނެވެ. އަމުދުން ޑޮކްޓަރުން އިރުޝާދު ދީފައިވާ އިންޖެކްޝަންތައް ޖަހާނަމަ 1 މަސްދުވަސް ތިބެން ޖެހޭނެކަން ގައިމެވެ. އެހާދުވަަހު ހުރުމާއި ކެއުމާއި ހޮސްޕިޓަލަށް ގޮސްއައިސްވުމުގެ ހަރަދުތައް ކުރެވޭވަރަށް އެދެމީހުންގެ މާލީހާލަތު ތަނެއް ނުދެއެވެ. އެހެންނަމަވެސް ދަރިފުޅު އެއުޅޭ ވޭނުގައި އުޅެން ދޫކޮށްލައިގެން ތިބޭހާ އެމީހުންގެ ހިތް ހިލައެއްވެސް ނޫނެވެ. ދަރިފުުޅުގެ ތައުލީމީހަޔާތަށް އަސަރުކުރަނީއެވެ. ދަރިފުޅުގެ ނަފުސާނީ ސިއްހަތު ބަލިކަށި ވަނީއެވެ.

ސާރާ؛ މުޅި ގައިގެ އެކިތަންތަން ހަލާކުވެފައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ބަލިވަމުންދާ ކުޑަކުޑަ ސާރާގެ ފަރުވާއަށް ދީލަތި އެހީއަށް އެދި

ސާރާ؛ މުޅި ގައިގެ އެކިތަންތަން ހަލާކުވެފައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ބަލިވަމުންދާ ކުޑަކުޑަ ސާރާގެ ފަރުވާއަށް ދީލަތި އެހީއަށް އެދި
އެހެންކަމުން ނަތާޝާ އެދެނީ ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ ދީލަތި އެހީއަކަށެވެ. އޭނާގެ މޭގެ އެތިކޮޅު ވޭނުގައި އުޅޭތަން ބަލަން ކެތް ނުކުރެވޭނެއެވެ. ދަރިފުޅަށްޓަކައި ދުށް އެތައް ފޮނި ހުވަފެންތަކެއް ސީދާ ކުރަންބޭނުމެވެ. ދަރިފުޅު ރަނގަޅު ވެގެން ސުކޫލަށް ގޮސް މޮޅު ކާމިޔާބު ކުއްޖަކަށް ވާ ތަން ދެކެން ނަތާޝާ ބޭނުމެވެ. އެކަމަށްޓަކައި މިމަންމައަށް އެހީ ބޭނުންވެއެވެ.
- ކުޑަކުޑަ ސާރާގެ ފަރުވާއަށް އެހީވާން ބޭނުންވާ ފަރާތްތަކުން؛
- 7730000169663 MVR އައިމިނަތު ނަތާޝާ ގާސިމް
- 7730000603307 USD އައިމިނަތު ނަތާޝާ ގާސިމް
(Aminath nathasha gasim)
- އިތުރުމައުލޫމާތު: 7923330، ނަތާޝާ (ސާރާގެ މަންމަ)
ސާރާގެ ބައްޔާއި ފަރުވާއާ ބެހޭ ލިޔުންތައް: ސާރާގެ ބައްޔާބެހޭ ލިޔުންތައް މިލިންކުން ފެންނާނެއެވެ.

