މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
“މޫސުމާ ބެހޭ ގައުމީ އިދާރާ” މެޓުން ހުދު ސަމާލު ނެރެފައިވަނީ އދ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ. އެއީ މެންދުރު 13:15 އިން ހަވީރު 18:00 އާ ހަމައަށެވެ.
މެޓުން ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އަދި އެހެން ސަރަހައްދުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

