މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެމް.ޕީ.އެލްއާ ހަވާލުކޮށްފިއެވެ.
އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެމެއޯޔޫއެއްގެ ދަށުން މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން، އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރުގެ ހިންގުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް މީގެ ކުރިންވެސް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ
މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އެއީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން މީގެ ކުރިން ހިނގަމުން އައި ތަންތަނެވެ.
ރަޖިސްޓަރީ ނުކުރާ އުޅަނދުތައް އަންނަ މަހުގެ އެކެއްގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރަން އެމްޕީއެލް އިން ވަނީ އެދިފައެވެ. އެ މުއްދަތަށް ފަހު ހިދުމަތް ދޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

