ގިނަ އަދަދެއްގެ މުދާތަކަކާއެކު ލ. ހިތަދޫ ބޯޓެއް ކަމަށްވާ އޯޝަން އެކްސްރްޕްރެސް ބޯޓު ވ. އަތޮޅު ކައިރިން އަޑިއަށް ގޮސްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބޯޓުގައި ފަޅުވެރިންނާއެކު 12 ވަރަކަށް މީހުން ދަތުރުކުރަމުން ދިޔައެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ބޯޓުގައި ގިނަ އަދަދެއްގެ ލަކުނޑިއާއި އެ ނޫން ވެސް ގިނަ އަދަދެއްގެ މުދާ ހުރިއެވެ.
އަޑިއަށް ގޮސްފައިވާ އޯޝަން އެކްސްރްޕްރެސް ބޯޓުގެ ކައިރީގައިވާ ރިސޯޓެއްގެ ލޯންޗަކުން މިހާރު ހުރިހާ ފަޅުވެރިން ވަނީ މާލެ ގެންގޮސްފައެވެ.
ސޯޝަލް މީޑިއާގައި މި ބޯޓުގެ އަޑިއަށް ގޮސްފައިވާ ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

