މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި 214 ގްރާމުގެ މެތެމްފެޓަމިން ފެނިފައިވާއިރު، 16،879 ރުފިޔާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުނެވެ.

