ގެއްލުނު މަސް ދޯނި ރައްކާތެރިކަމާއެކު ކޮޅުފުއްޓަށް ވަދެއްޖެއެވެ.
ގެއްލުނީ ތ. ވިލުފުށީ “ވިލުރޯދި” މަސް ދޯންޏެވެ. އެ ދޯނި ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓް ކުރީ އިއްޔެއެވެ.
އެ ރިޕޯޓާއި ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ.
އެމްއެންޑީއެފުން ބުނީ މަސްދޯނި ރޭ ދަންވަރު 2:00 ހާއިރު ރައްކާތެރިކަމާއެކު ވިލުފުށީ ބަނދަރަށް ވަދެފައިވާ ކަމަށެވެ.
އިއްޔެއާ ރޭ ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާތަކުގައި ގެއްލުނު އެކަކު އަދިވެސް ނުފެނެ އެވެ. އެއީ ގދ. ގައްދޫ އިން ގަމަށް ދަތުރުުކުރި އުމުރުން 75 އަހަރުގެ މީހެކެވެ.

