ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫދު ކުޅިވަރުތަކާއި މޫދުގައި ބާއްވާ މުނިފޫހިފިލުުވުމުގެ އެހެން ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން ދިވެހި ފުލުހުންގެ ޙިދުމަތުން އިލްތިމާސް ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިގެން ރިޕޯޓް ލިބެމުންދާ ކަމަށެވެ. އެހެން ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މޫދު ކުޅިވަރުތަކާއި މޫދުގައި ބާއްވާ މުނިފޫހިފިލުުވުމުގެ އެހެން ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން އިލްތިމާސް ކުރާ ކަމަށެެވެ.
ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ ކަނޑު ދަތުރުތަކުގައި ފުރުމުގެ ކުރިން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށް އިލްތިމާސްކުރައްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

