އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަރުވި ފަތުރުވެރިޔާއަކީ އުމުރުން 47 އަހަރުގެ އެމެރިކާގެ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ ރިސޯޓުގެ ފުއްޓަރު ފަރާތުގެ ބޭރުގައި ފީނަން އުޅެނިކޮށެވެ.
މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެދުވަހުގެ މެންދުރު 12:28 ހާއިރުގައެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު މަސައްކަތް ފަށާފައެވެ.

