މާލޭގައި ހުންނަ ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނަގައިގެން ޖީބަށް ލައިގެން ފިހާރައިން ނުކުންނަން ދަނިކޮށް ފަޅާއަރައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަަށް ނިސްބަތްވާ 59 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، މި މީހާ އަކީ 29 ފަހަރެއްގެ މަތިން ހައްޔަރު ކޮށްފައިވާ މީހެކެވެ. އޭނާ ގިނައިން ހައްޔަަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކުގައެވެ. އަދި މީގެ ތެރެއިން 18 ފަހަރު އޭނާ ބަންދަށް ބަދަލު ކުރިއެވެ.
މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، އޭނާއާ ގުޅޭ ބަންދު އަމުރުގައިވާގޮތުން، ފިހާރައިގެ ސީސީޓީވީ ރޫމުގައި އިން ސެކިއުރިޓީ އަށް މީހަކު ޗޮކްލެޓެއް ވަގަށް ނަގައިގެން ޖީބަށް ލައިގެން ދާން އުޅޭކަން ފާހަގަކުރެވިގެން އެ މައްސަލަ ރިޕޯޓްކުރުމުން ފިހާރައިގެ އެޗްއާރް އިން ފުލުހުންނާއި ބައްދަލުކޮށް، އޭނާ ހިފެހެއްޓި ކަމަށާއި، އޭނާ ފިހާރައިން ޗޮލްކެޓެއް ވަގަށް ނަގައިގެން ދާން އުޅުނިންތޯ ސުވާލު ކުރުމަށް އޭނާ އެކަމަށް އެއްބަސްވެފައިވާ ކަަމަށް ފުލުހުންނާއި ހަވާލާދީ ބަންދު އަމުރުގައި ވެއެވެ.

