ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ “ޗައިނާ ފުލެޓް” ތަކުގެ ތެރެއިން ފްލެޓެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފްގެ ފަޔަރަ އެންޑް ރެސްކިއު ޓީމުން ބުނީ އަލިފާން ރޯވެ، އަނދާފައިވަނީ ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެ، އަލިފާން ވަނީ ކޮންޓްރޯލްކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އެ އެޕާޓުމަންޓުގެ ކުޑަދޮރުން ދުންގަނޑު ނުކުންނަ މަންޒަރު ފެނެއެވެ.
އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓުގައި ދިރިއުޅެނީ ބިދޭސީންތަކެކެވެ. އަދި، ހާދިސާ ހިނގި އެޕާޓްމަންޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ތަކެއްވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

