ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
5:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ 2 ފިރިހެނުންނަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 2 މީހުންނަށް އަނިޔާވެފައިވާއިރު އެކެއްގެ ހާލު ވަރަށް ސީރިއަސް އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު ހުވަދޫ އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފަ އައި ސައިކަލު ގޯޅި އަޅަން ދިމާކުރި ވަގުތުގައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

