މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކަފިހިހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ސައިކަލު ދުއްވިލެއް ބާރުކަމުން ސައިކަލު މަތަވީ ކައިރިން ދިޔަ ޕިކަޕެއްގައި ޖެހިފައެވެ.
މި އެކްސިޑެންޓުގައި ސައިކަލްގައި ދުއްވަން އިނީ 17 އަހަރުގެ އަލްސަން އެވެ. އަދި އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާގޮތުގައި، 40 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގަައި ފަރުވާދެމުންދާއިރު، 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

