ކ. ހުރާގައި ހާބަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ޑިޒައިންކޮށް ބިލްޑްކޮށް، އައު ބަނދަރު ބެސިން ހިއްކުމުގެ މަސައްކަތް %86 ނިމިއްޖެ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ޑްރެޖިން މަސައްކަތުގެ %86 މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި ޖެޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހުރާގެ އައު ބަނދަރު ބެސިން ހިއްކުމުގެ މަސައްކަތުގެ %86 ނިމިއްޖެ
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި، 5,445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 86 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމެވެ. އަދި އިތުރަށް، 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ސަރުކާރުން އެމްޓީސީސީއާ 1 ޖޫން 2023ގައި ހަވާލުކުރި 67.78 ރުފިޔާގެ މަޝްރޫއެކެވެ.

