ހޮލީވުޑްގެ މަޝްހޫރު ލަވަ ލިޔުންތެރިޔާ ޑޮލީ ޕާޓަން، ދުވަސްކޮޅަކަށް މިއުޒިކީ ދާއިރާއާ ދުރަށް ޖެހިލާފައިވާކަން އިއުލާާން ކޮށްފިއެވެ.
އޭނާ މި ނިންމުން ނިންމާފައިވަނީ މި ވަނީ އޭނާގެ ފިރިމީހާ މަރުވުމާއި ގުޅިގެންނެވެ.
މަޝްހޫރު ތަރި ކްލޯއީ ކާޑޭޝިއަން އާއި އެކު އޭނާގެ ޕޮޑްކާސްޓް "ކްލޯއީ އިން ވަންޑަރލޭންޑް" ގައި ވާހަކަ ދައްކަމުން ޕާޓަން ވަނީ މާރޗް މަހު މަރުވި އޭނާގެ ފިރިމީހާ ކާލް ޑީން މަރުވުމުން ެއޭނާ ކުރިި ހިތާމައާ ގުޅޭ ވާހަކަތައް ހިއްސާކޮށްފައެވެ.
މިއުޒިކީ ދުނިޔެ އާއި ކުޑަ ދުވަސް ކޮޅަކަށް ދުރަށް ދިޔަ ނަމަވެސް، ޕާޓަން ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައެވެ. އެއީ ނެވާޑާގެ ލަސް ވެގަސްގެ ސީޒާސް ޕެލަސްގައި ހުންނަ ކޮލޮސިއަމްގައި ބާއްވާ އޭނާގެ ކުރިއަށް އޮތް ރެޒިޑެންސީއެއް އިއުލާނުކުރުމެވެ.
"ވެގަސްގައި މަސައްކަތް ނުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ. އަދި އަބަދުވެސް އެތަނުގައި ލަވަކިޔަން ވަރަށް ލޯބިކުރަން،" ރެޒިޑެންސީއާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވެއެވެ.
ޕާޓަންގެ އެންމެ ފަހުގެ ލަސްވެގަސް ރެޒިޑެންސީ އޮތީ މީގެ 32 އަހަރު ކުރިންނެވެ.

