ފުލުހުން މިރޭ ބުނީ މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެމްއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާކަން ފުލުހުން ހާމަކުރިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ މިރޭގެ އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އަނެއް ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

