އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެެވެ.
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދުން 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، ސުނާމީގެ އެއްވެސް ނުރައްކަލެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ޓޫއަލްގެ ހުޅަނގުން 177 ކިލޯމީޓަރު ދުރުގައި 80 ކިލޯމީޓަރުގެ އަޑިންނެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 11:20 ގައެވެ.
ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރިޕޯޓްކޮށްފައެވެ.

