ނައިޖީރިއާގެ ކުރީގެ ރައީސް މުހައްމަދު ބުހާރީ އަވަހާރަވެއްޖެއެވެ.
އުމުރުން 82 އަހަރުފުޅުގައި ރައީސް ބުހާރީ އަވަހާރަވީ އިއްޔެ، ލަންޑަން ގަޑިން ހަވީރު 4:30 ގައެވެ. އަދި ބުހާރީ އަވަހާރަވީ ދިގު މުއްދަތަކަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށް ނައިޖީރިއާގެ ރައީސް ބޯލަ ތިނުބުގެ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
ބުހާރީ އަކީ 2015 ވަނަ އަހަރު ނައިޖީރިއާގެ އިދިކޮޅު ޕާޓީން އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅާއެވެ. ނައިޖީރިއާގައި ބުހާރީ ވެރިކަން ކުރައްވާފައިވަނީ 1980 ގައި އަސްކާރީ ބަގާވާތަކަށް ފަހުގައެވެ. އޭގެ ފަހުން އޭނާ ވަނީ އިސްލާމްވެ، މަދަނީ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާފައެވެ.
ބުހާރީ ވަނީ އަނިޔާވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރަމް ބަލިކޮށް، ނައިޖީރިއާގެ ގާނޫނު އަލުން ފާސްކޮށް، ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ދެމުންދާ އަނިޔާ ނިމުމަކަށް ގެނައުމަށް ވައުދުވެވަޑައިގެންފައެވެ.
ނައިޖީރިއާގެ މިހާރުގެ ރައީސް ޓިނޫބޫ ވަނީ ބުހާރީގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާ، އޭނާ އަކީ ގައުމަށް އެއްބައިވަންތަކަމާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވި، އެންމެ ހަލަބޮލި ދުވަސްވަރު ވެސް ސާބިތުކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

